މާލޭގެ އަމީނީ މަގު ހަދަމުން އަންނައިރު، އެ މަގުގައި ދުއްވަން އޮންނަ ބައި ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

ޑރ.މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ފާހަގަކުރައްވާފައިވަނީ މިހާރު އަމީނީ މަގު ހަދަމުންދަނީ މަގުގެ ދުވާރު ވަރަށް ބޮޑަށް ފުޅާކޮށް މަގުގެ އުޅަނދުފަހަރު ދުއްވާ ބައި ހަނިކޮށްގެން ކަމަށެވެ. އެގޮތުން މިހާރު 4 ފޫޓު ހުންނަ ދުވާރުގެ ފުޅާމިން 5 ފޫޓު 7 އިންޗިއަށް އިތުރުކުރަންވަނީ ނިންމާފައެވެ.

އަދި މަގުގެ ދުއްވާ ބައިގައި މިހާރު 25 ފޫޓު ހުންނައިރު އަމީނީ މަގުހެދުމުގެ މަޝްރޫއު ނިމޭއިރު އެބައިގައި ހުންނާނީ 21 ފޫޓު 10 އިންޗިއެވެ. އެހެންކަމުން ދުވަން އޮންނަ ބައި ވަރަށް ބޮޑަށް ހަނިވާނެއެވެ.

މުއިއްޒު ވަނީ، ދުއްވަން އޮންނަ ބައި ހަނިކުރުމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވަނީ، ބިމުގެ އަޑީގައި ވަޅުލަން ނިންމާފައިވާ ކޭބަލްޓްރޭ ބިމުން މައްޗަށް ނަގަމުންދާތީވެސް ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ހިންގަނީ،ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީން)އިންނެވެ.

.