އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް އެންމެ މަސް ދުވަސްތެރޭގައި 10،000 މެމްބަރުން ގުޅިއްޖެއެވެ.

Ads by Asuru

ޕީޕީއެމުން، މިއަދު ވަނީ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެސް ކޮށްފައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގުއާ އެ ފޯމްތައް ހަވާލު ކުރެއްވީ، އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

 

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 33،264 މެމްބަރުންނެވެ.

އެ ޕާޓީއަކީ ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއެވެ. އެންމެ ގިނައިން މެމްބަރުން ތިބި އެމްޑީޕީގައި 58،840 މެމްބަރުން އެބަތިއްބެވެ.

”މަވެސް ޕީޕީއެމް“ މިނަމުގައި، މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ޕީޕީއެމުން ދަނީ ކުރިއަށް ގެންދަމުންނެވެ.