ގައުމެއް ބިނާ ކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާ ކުރާ ބަޔަކީ މުދައްރިސުން ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅިގެން، ޓީޗަރުންނަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވަނީ ޓީޗަރުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ގޮވާލައްވާފައެވެ.

އެގޮތުން މޭޔަރު ވިދާޅުވެފައިވަނީ ޓީޗަރުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމުގައި ސަރުކާރާއި އެންމެހާ ފަރާތްތަކުން މަސައްކަތް ކުރުމަކީ ގައުމުގެ މިއަދާއި މުސްތަގްބަލަށް އެހާމެ މުހިންމު ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް، އޮކްޓޯބަރުމަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވައެެވެ. ބައިނަލްއަގްވާމީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރަން ފެށީ، 1994 ވަނަ ދުވަހުއެވެ.