ބޭނުންވާ ތަކެތި:
ދޮން ވެފައިވާ އަވާކާޑޯ އެއް
1 ތަށި ކިރު (ފިނިކޮށް)
1-2 ސަމުސާ މާމުއި ނުވަތަ ހަކުރު
ބައި ޖޯޑު އައިސް ކިއުބް
އެއް ދޮންކެޔޮ
ތައްޔާރު ކުރާނެ ގޮތް:
އަވާކާޑޯ ފަޅާލުމަށް ފަހު އޮށް ނަގާލައި ސަމުސަލުން އެތެރެ ކަހާލާށެވެ.
އެއަށްފަހު އަވާކާޑޯ، ކިރު، މާމުއި ނުވަތަ ހަކުރު ، އައިސް ކިއުބް އަދި ދޮންކެޔޮ މިކްސްރއަށް އަޅާށެވެ. ކްރީމް ވަންދެން މިކްސަރުން ބްލެންޑް ކުރާށެވެ. އެއަށްފަހު ތައްޓަކަށް އަޅާށެވެ.
މި ސްމޫތީގެ ފައިދާ:
މި ސްމޫތީއިން ލިބޭ ފައިދާތަކުގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމާއި، ހަޖަމު ކުރަން ފަސޭހަ ކޮށްދިނުމާއި، ހަންގަނޑު ރީތި ކޮށްދިނުމާއި، ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން ހިމެނެއެވެ.

