”ބިންވެރިޔާ“ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދިނުމަށް މި ސަރުކާރުން ވަނީ ނިންމަވައިފައެވެ.
އެގޮތުން ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، އަލުން ގޯތި ލިބޭ ސަރަހައްދުތައް ކަނޑައެޅުމަށް ގުރުއަތު ވެސް ނަގައިފައިވެއެވެ.
އައު ރަޖިސްޓްރީ ހޯދުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ހުޅުވައިލިއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ތެރޭގައި ނުހިއްކާ ސަރަހައްދުތަކުން ދިން ބައެއް ގޯތި، ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމުން ހިމެނެއެވެ.

