ތ.ބުރުނީ ސްކޫލު ވަށާފާރު ރޭނުމުގެ މަސައްކަތް 2.3 މިލިއަން ރުފިޔާއަށް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ކުންފުންޏާއެކު، އެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ.

އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސަޢީދު މުޙައްމަދެވެ.

މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކުރީ 2,319,233.68 ރުފިޔާއަށް 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.