ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބަޔާ ހަވާލުކޮށްފިއެވެ.

Ads by Asuru

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހަވާލު ކުރީ، ސިއެރާ ސްޓަރ ޖޮއިންޓް ވެންޗަރއަށެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމުލަ 253،990،863 ރުފިޔާ ހަރަދު ކުރާ މި މަޝްރޫއު ނިންމަން ޖެހެނީ 540 ދުވަހުގެެ ތެރޭގައެވެ.

މި މަޝްރޫއުގައި 200 ހައުސިން ޔުނިޓް ހިމެނޭއިރު، ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެއެވެ. ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރި، ތިން ފާހާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭގަ މާހައުލެއް ގާއިމުކރުުމަށް ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެއެވެ.