ރެހެންދި ސްކޫލަށް ލިބުނު އިންޒާރުގެ މެސެޖަކާ ގުޅިގެން އެ ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މިއަދު ފުލުހުންނަށް ލިބުނު މައުލޫމަތަކާއި ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށް ފުލުހުން އެ ސްކޫލުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި، ބަޔަކު ވަނީ އެ ސްކޫލަށް އިންޒާރުގެ އީމެއިލްއެއް ފޮނުވައިފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސްކޫލަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ، އެ ތަނުގައި ބޮމެއް އޮތް ކަމަށެވެ.

އެހެންނަމަވެސް، އެފަދަ އެއްޗެއް އެތަނުން ފެނިފައެއް ނުވެއެވެ.