ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއީ  ހިނގަމުންދާ ޗުއްޓީގައި، ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ދެވަނަ ޖަލްސާއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ރެގިއުލޭޝަން ބިލުގެ ކޮމެޓީ މަސައްކަތް އެ ދުވަހަށް ނިންމަން ވަނީ ކަނޑައަޅައިފައެވެ.

އެ ބިލުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދަނީ ކުރަމުންނެވެ.

މަޖިލީހުގެ އާ ދައުރު ފެށޭނީ އަންނަ މަހުގައެވެ.