ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވެ، ރީނދޫ އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާ ބެހޭ ގައުމީ އިދާރާއިން، މި އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 8:50 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށެވެ. މި ސަރަހައްދަށް ކުރިން ވައިޓް އެލާޓް ނެރުނީ ފަތިހު 4:30 އިން ހެނދުނު 10:30 އާ ހަމައަށެވެ.

ވައިޓް އެލާޓް، ޔެލޯ އަށް ބަދަލުކޮށް މޫސުމާ ބެހޭ އިދާރާ އިން ބުނީ ގއ. އަތޮޅުން އައްޑުއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.