މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ނުވަ ވަނަ އެޕިސޯޑުގައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އެއްވެސް އިދާރާއަކުން މީހެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދާ ގޮތާއި، އެ މީހެއްގެ މައްޗަށް އަންނާނެ ހުކުމަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

”ކޯޓަށް މީހަކު ހާޒިރު ކުރަނީ ކޮން އިރަކުތޯ، ކީއްކުރަންތޯ ވެސް ނުބަލަން. ނުވެސް ބަލާނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު 17 ނޮވެންބަރު 2023ގައި ހުވައި ކުރައްވައި، ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވައި، އިއުލާނު ކުރެއްވި ގޮތަށް، އެ ވަގުތުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަރީ އަކަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ޝަރުއީ ދާއިރާއަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުހެ ޔަގީންކަން ރައީީސް މުއިއްޒު ތަކުރާރުކޮށް ދެއްވައެވެ.