އއ. މާޅޮހުގެ ދެކުނަށް ބަނޑުން ޖަހާލި ލޯންޗަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ އިއްޔެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެއިން ދަތުރު ކުރީ ދިވެހި ދެ ފިރިހެނުން ކަމަށެެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު އއ. ފެރިދޫ ފުއްޓަރާ ދިމާއިންވަނީ ފެނިފައި ކަމަށާއި އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އަދި ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހޯދަމުން އަންނަ މީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.