އއ. ތޮއްޑޫ ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީ އަކުން ޖެހި އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ ރަޝިއާއަށް ނިސްބަތްވާ އަންހެނަކަށް ކަމަށެވެ.

އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރު 5:15 އެހާކަންހާއިރުއެވެ.