ހއ.ތުރާކުނުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ތުރާކުނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މި މިސްކިތް އެޅުމަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް 23 ވަނަ ދުވަހުއެވެ. މަސައްކަތް ނިންމަން ދިނީ އެއް އަހަރެވެ.

މިއީ ދައުލަތުގެ ބަޖެޓުން 10.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މިސްކިތެކެވެ.