ފ. ދަރަނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ، ފ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.
އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހިދުމަތް ފެއްޓެވުމަށް ފަހު ރައީސް ވަނީ ދަރަނބޫދޫ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލު ކުރައްވައިފައެވެ.
އެ ހިދުމަތާއެކު އެ ރަށުގެ ރައްޔިތުންނަށް، 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ފައިސާ ފޮނުވުންފަދަ ބޭންކިންގް ހިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.

