ރީތި ގަސްތަކާއި، ގަސް ކާނާ ވިއްކާ ފިހާރައެއް މާލެ ސިޓީ ކައުންސިލުން ހުޅުވައިފިއެވެ.

Ads by Asuru

ކާނިވާ ސަރަހައްދުގައި ”މާލެ ފެހި“ ނަމުގައި ހެދި މި ފިހާރަ ރޭ ހުޅުއްވައި ދެއްވީ، މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ.

 

މާލެ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ އައުޓްލެޓް–

 

އެތަން ހުޅުވައިދެއްވުމަށް ފަހު މޭޔަރު ވިދާޅުވީ، މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމެއް ކަމަށާއި، އާއްމުންނަށް ގަސް ގަނެވޭނެ ގޮތަށް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ވެސް މާލެ ފެހިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

 

މާލެ ސިޓީ ކައުންސިލުން ހުޅުވި އައުޓްލެޓްގައިވާ ގަސް ކާނާ–

އަދި އޭގެ އިތުރަށް ގޭގަ އާއި ގޯތިތެރޭގައި ގަސް ހައްދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ފަހިކޮށް ދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރޭ ހުޅުވި ”މާލެ ފެހި“ ފިހާރައިން މިހާތު ވެސް 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބޭނެއެވެ. މޭޔަރު ވަނީ މި އައުޓްލެޓްގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް އިތުރު އާމްދަނީއެއްވެސް ލިބޭނެކަން ފާހަގަކުރައްވާފައެވެ.