މަސްވެރިންގެ ހައްގުގައި އަޑުއުފުލި މީހުން ހައްޔަރު ކުރި ކުރުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކުށްވެރި ކުރައްވައިފިއެވެ.

Ads by Asuru

މަސްވެރިންގެ ހައްގުގައި އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިއަށްގެންދިޔަ އެއްވުމުގެތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ.

މިއަދު ހަވީރު މަސް މާރުކޭޓު ސަރަހައްދުގައި ކުރި އިހުތިޖާޖުގެ ބައިވެރިން ގޮވާލީ، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށެވެ. މި އެއްވުމުގެ ތެރެއިން، 10 މީހަކު ވަނީ ފުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މަސްވެރި މުޅިސިނާއަތު ހަލާކުކޮށް ދިވެހި މަސްކަނޑުތަކުގައި ބޭރުގެ ބޯޓުފަހަރަށް ދާ އަޅަން ޖާގަދީ ސަރުކާރުން މަސްވެރިން ނިކަމެތި ކޮށްފައިވާތީ މަސްވެރިންގެ ހައްގުގައި އަޑުއުފުލި އެތައް ރައްޔިތެއް އަނިޔާވެރިކަމާއެކީ ހައްޔަރަށްލުން ކުއްވެރިކުރައްވާފައެވެ. އަދި ހައްޔަރީން، މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

މަސްވެރިންގެ ހައްގުގައި މިއަދު މުޒާހަރާ ކުރި މީހުން ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ.