އަންނަ އަހަރު ތ. އަތޮޅު ބުރުނީގައި 30 ހައުސިން ޔުނިޓު އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ބުރުންޏަށް ވަޑައިގެން އެ ރަށުގެ ރައްޔިތުން އެދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
ރައީސް ވިދާޅުވީ، މާލީ ދަތިކަމާ ހެދި އަމިއްލަ ގޯތީގައި ގެ ނުހެދޭ އެތައްބަޔަކު އެބަތިބި ކަމަށެވެ.
އެކަމަށް ހައްލު ހޯއްދަވައި ދެއްވުމުގެގޮތުން، ސަރުކާރުން ލުއި ލޯނު ސްކީމެއް ތައާރަފުކުރި ނަމަވެސް، ހުރިހާ ރައްޔިތުންނަށް އެއްފަހަރާ އެ ފުރުސަތު ފޯރުކޮށްނުދެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް އެކި ގޮތްގޮތަށް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ހައުސިން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

