ފިލިޕިންސަށް ޑޮކްޓަރުކަން ކިޔަވަން ގޮސް ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނ.ހޮޅުދޫއަށް ނިސްބަތްވާ ހުމެއިދު އަހުމަދު ނިޔާވެފައި އޮއްވައި ފެނިފައިވަނީ، އޭނާ އުޅުނު ކޮޓަރި ތެރޭގައެވެ.
އޭނާ ނިޔާވިކަން އެނގުނީ، ހަބަރެއް ނުވެގެން، އާއިލާއިން، އޭނާގެ ރައްޓެހިން މެދުވެރިކޮށް، އޭނާ އުޅުނު ކޮޓަރި ބެލުމުންނެވެ.
ކިޔެވުން ނިމި، ހުމެއިދު އެނބުރި ރާއްޖެއަށް އައުން ހަމަޖެހިފައި އޮތީ އިއްޔެއެވެ.
ަ

