އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިހާބުކޮށްފިއެވެ.
މި ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރިއެވެ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިޚާބު ކޮށްފައިވަނީ 2023-2025 ވަނަ އަހަރުގެ ނިޔަލަށެވެ. ރާއްޖެ އިންތިޚާބު ކޮށްފައިވަނީ އެ ކައުންސިލުން ހުސްވެފައިވާ 14 ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ.
ރާއްޖޭ އިންތިޚާބު ވެފައިވަނީ އެ ކައުންސިލުގެ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން ހުސްވެފައިވާ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ.
އެ ގޮނޑިއަށް ރާއްޖޭގެ އިތުރުން ދެން ވާދަ ކުރީ، އަފްޤާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން އަދި ރިޕަބްލިކް އޮފް ކޮރެއާ އާއި ވިއެޓްނާމެވެ.
މި ހަތަރު ގޮނޑި އަށް އިންތިޚާބުވެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ވިއެޓްނާމާއި ކިރްގިސްތާނެވެ.
