ފިލްމު ކުޅެ، އުފައްދާ ޔޫސުފް ޝަފީއު (ޔޫއްޕެ) ކޮންގްރެސް ޕާޓީ، (ޕީއެންސީ)އާ ގުޅިއްޖެއެވެ.

ޔޫއްޕެ ޕީއެންސީއާ ގުޅިފައި ވަނީ، އީފާސް މެދުވެރިކޮށެވެ. އޭނާ ޕީއެންސީއަށް ވަނުމުގެ އިގްރާރުގައި ސޮއިކޮށް އެ އިގްރާރު ވަނީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާ މިރޭ ހަވާލުކޮށްފައެވެ.

ޔޫއްޕެ މީގެ ކުރިން، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.

ޔޫއްޕެގެ އިތުރުން ވެސް، ބައެއް ފަރާތްތައް މިރޭ ވަނީ، ޕީއެންސީއާ ގުޅިފައެވެ.

ދުވަސްތަކަކަށްފަހު، މިރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަރަށް ގިނަ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.