ހެންވޭރުގެ ގެއަކުން ދުންއަރާތީ ގޮސް ބެލިއިރު އެގޭގައި ބަޔަކު ބަނގުރާ ކައްކަން ތިއްބާ، ފުލުހުންނަށް ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނެފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް 06:12 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނި އެމްއެންޑީއެފްއާއި ފުލުހުން އެ ގެޔަށްގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން އެ ގެޔަށް ވަދެފައިވާ ކަމަށެވެ.

އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދިއުމުންކަން އެނގިފައިވާކަމަށާއި، އަދި އެ ގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.