ޅ. އަތޮޅުގައި ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް އެ އަތޮޅުގައި ދެނީ ނައިފަރު މެރުވެރިކޮށެވެ. އެގޮތުން ހިދުމަތް ރަސްމީކޮށް އިފުތިތާހުކުރީ ރޭގައެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓް ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫއު މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ގިނަ އަތޮޅުތަކެއްގައި ޕާސްޕޯޓުގެ ހިދުމަތް އިފުތިތާހުކޮށްދެއްވައިފައިވެއެވެ.

