ބޭނުންވާ ތަކެތި:
1 ބަނަސް
ލޮނުކޮޅެއް
1 ޖޯޑު ބޯންލެސް ކުކުޅު ( ހަތަރެސް ކަނަށް ކޮށާފައި )
2 ލޮނުމެދު
1 ފިޔާ ( ކުދިކޮށް ކޮށާފައި )
1 ކެޕްސިކަމް ( ކުދިކޮށް ކޮށާފައި )
1 ޓޮމާޓާ ( ވަށްކޮށް ކޮށާފައި )
2 ފޮތި ޗީޒް
2 މޭޒުމަތީ ސަމްސާ ޗިލީ އަދި ގާލިކް ސޯސް
4/1 ސައި ސަމުސާ އަސޭމިރުސް
2 ސައިސަމްސާ ބަޓަރު
ލެޓިއުސް ފަތްކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާގައި ބަޓަރު ވިރުވާލައި، އޭގެ ތެރޭގައި ފިޔާ ކޮޅާއި ލޮނުމެދު މީރު ކުރާށެވެ.
ފިޔާ، ލޮނުމެދު ވަޅޯވުމާއެކުކެ ޕްސިކަމްކޮޅާއި ކުކުޅު މަސް އަޅާލައި، މަސްތައް ރޯފިލަންދެން ހަނާކޮށްލާށެވެ. އަދި ލޮނާއި އަސޭމިރުސް އަޅާލާށެވެ.
އެއަށްފަހުގައި ޗިލީ ގާރލިކް ސޯސް ކޮޅުތެރެއަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާ އެއްކުރުމަށްފަހުގައި ބަނަސް މެދުން ފަޅާލާށެވެ.
އަދި އެއްފުށުގައި ސޯސް އުނގުޅާލައި، އަނެއްފަޅީގައި މަޔޮނައިސް އުނގުޅާށެވެ.
އެއްފަޅިއަށް ކުކުޅު މަސްކޮޅު އަޅާލައި، އޭގެ މަތީގައި ޓޮމާޓޯ ފޮއްޗާއި، ލެޓިއުސް ފަތްކޮޅު އަތުރާލުމަށްފަހު ޗީޒް ފޮތިތައް ކަފާލައި އަތުރާލާށެވެ.

