ސަރުކާރުގެ ހަރަދުގައި، މި އަހަރު ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު  ހުޅުވައިލައިފިއެވެ.

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރަން ދާނެ މީހުން ހޮވުމަށް މިމަހުގެ 9 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ވަނީ އާންމުންނަށް ފެންނާނެހެން ”ލައިވް“ކޮށް ގުރުއަތުލުން ކުރިއަށްގެންގޮސްފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހުޅުވައިލައިފައެވެ.

އަދި އެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހެޅުމަށް ބޭނުންވާނަމަ hajjumra@islamicaffairs.gov.mv އަށް ޝަކުވާ ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.