ށ. ފޭދޫއާއި އެ އަތޮޅު ފީވަކުގައި ހަދަން ނިންމާފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ދެ ރަށުގެ މި މަޝްރޫއުތަކުގެ ބިންގާ މިއަދު އެޅީ ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
ފޭދު އާއި ފީވަކްގެ ފިޓްނެސް ސެންޓަރުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ.
އެ ދެ ރަށުގެ ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

