ށ. ކޮމަންޑޫ އައިސް ޕްލާންޓަކާއި އައިސް ސްޓޯރޭޖް ފެސިލިޓީއެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މި މަޝްރޫއު ހަވާލުކުރީ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމެވެ.

އެތިއޮންގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރު ކިޔާާޝަތު އަބްދުﷲއެވެ.

ކޮމަންޑޫގައި ހަދަން ނިންމީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެކެވެ.