ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ޖަމީލް މޫސާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ބުނީ ފަތުހުﷲ ސަސްޕެންޑްކޮށްފައި ވަނީ ފާއިތުވި ދުވަހު އެއް މަސް ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށެވެ.

މި ނިންމުން ނިންމާފައި ވަނީ އޭނައާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލައަކާ ގުޅިގެންނެވެ.

ކޮމިޝަނުން އިތުރަށް ބުނީ، ފަތުހުﷲ ސަސްޕެންޑްކުރީ އޭނައާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވާތީ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެއެވެ.