”އެމްވީ އެމްޕެރަރ ވޮޔޭޖަރ“ ނަމަކަށް ކިޔާ ސަފާރީއަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެެެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ 22 ޓުއަރިސްޓުންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 14:48 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ”ހާބަރ ކްރާފްޓް 113“ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.