ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ.ކެލަޔަށް ވަޑައިގެންފިއެވެ.

Ads by Asuru

ރައީސް ޔާމީން އެރަށަށް މިއަދު ވަޑައިގެންފައިވަނީ، އެމަނިކުފާނު ހއ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު މިއަދު ވަނީ ހއ ތުރާކުނަށާއި، ތަކަންދޫއަށްވެސް ވަޑައިގެންފައެވެ. ޕީޕީއެމްއިން ބުނެފައިވާ ގޮތުން ކެލާގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހއ.އަތޮޅު ފަސް ރަށަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޔާމީން އިއްޔެ ވަޑައިގަތީ އިހަވަންދުއަށެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ދިއްދުއަށާއި ބާރަށަށެވެ.

މިއީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ.