ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ހާއްސަ ދުވުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ ”ޖެނެރޭޝަން ބޭން“ އާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

”ނެޝެނަލް ޓޯޗް ރަން“ މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމެވެ.

މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ.

މި ހާއްސަ ދުވުމުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.

 

ދުންފަތާ ދެކޮޅަށް ހޭލުންތެރި ކުރުވުމަށް 24 ގަޑިއިރަށް ކުރިއަށް ގެންދާ ދުވުން ފެށުމުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް