ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ %92 މަސައްކަތް ނިންމައިލައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ހިންގާ ޕްރޮޖެކްޓެކެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބައުންޑްވޯލް ޖަހާ، ހިއްކާ ސަރަޙޅހައްދަށް ވެލި އެޅުމުގެ އެންމެ ފަހުގެ މަސައްކަތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮލަމާފުށްޓަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ.

ވެލިއެޅުމާ އެހެނިހެން މަސައްކަތްތައް ހިމެނޭހެން މުޅި މަޝްރޫޢުގެ %92 މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގައި، އެރަށުން ހިއްކާ ސަރަޙައްދުގައި ފެން ބޮޑުވިޔަ ނުދިނުމަށް، ބައޮސްވެލްވްއެއް އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

އަދި ހިއްކި ސަރަޙައްދުގައި ބޮޑުހިލަ ޖަހާ ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.