ދުއިސައްތަ ހަ މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މިބމަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ތަރައްގީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން މަޝްރޫއުތައް ހަވާލުކޮށްފައިވެއެވެ.

އެއީ ތައުލީމީ ދާއިރާ އިން 31 މަޝްރޫއު، ސިއްހީ ދާއިރާއިން 30 މަޝްރޫއު، ދާހިލީ ދާއިރާއިން 39 މަޝްރޫއު، ތިމާވެށީގެ ދާއިރާއިން 24 މަޝްރޫއު، މަސްވެރިކަމުގެ ދާއިރާއިން 2 މަޝްރޫއު، ކުޅިވަރުގެ ދާއިރާއިން 52 މަޝްރޫއު، ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާއިން 13 މަޝްރޫއު، ދީނީ ދާއިރާއިން 14 މަޝްރޫއު، ޒުވާނުންގެ ދާއިރާއިން 1 މަޝްރޫއުއެވެ.

ތަފާތު އަމިއްލަ 53 ކުންފުންޏަކާ މަޝްރޫއުތައް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.