ހއ.ބާރަށު ސްކޫލްގައި ކީރިތި ޤުރުއާން އުނގަންނައިދޭ ޓީޗަރަކު ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

ބާރަށަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެރަށުގެ ރައްޔިތުންނާ ދެއްކެވި ވާހަކައިގައި ޝުޖާއު ވިދާޅުވީ ބާރަށު ސްކޫލްގައި ދިވެހި ކިޔަވައިދެނީވެސް އިންޑިއާގެ މީހެއް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު، ޝުޖާއުގެ ވާހަކަ ދޮގުކުރައްވައި ޓްވީޓެއް ކުރެއްވުމުން، ޝުޖާއު ވަނީ މިއުވާނަށް ރައްދު ދެއްވާފައެވެ. އަދި އޭނާ ހެއްދެވީ އިތުރުފުޅެއް ނޫން ކަަމަށާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އަރިހުން އެކަން ސާފު ކުރުމަށްވެސް ޝުޖާއު އެދިވަޑައިގަތެވެ.

”ބާރަށު ސްކޫލްގަ ނެތް ޤުރުއާން ޓީޗަރެއްވެސް. މަ ހަނދާން ނެތުނީ އެވާހަަކަ ބުނަން. ދެން ބުނޭ ދޮގެކޭ. ބަލަ މިއުވާންއަށްތަ އިނގެނީ އަހަރުމެން ރަށު ކަންކަން.“ މިއުވާން ޓެގްކުރައްވައި ޝުޖާއު ވިދާޅުވިއެވެ.