ރާއްޖޭގައި ގަވާއިދާހިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

މިކަން ހާމަކޮށް، އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލުވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަރަންކާމަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި، ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ވަނީ 347 ބިދޭސީން ޗެކްކޮށް، ގަވާއިދާހިލާފަށް ތިބި 66 ބިދޭސީއަކު އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ އެފަދަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.