ހުޅުމާލެ ފޭސް 2ގައި ހުންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 13:00 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 13:40ގައި އަލިފާން ނިއްވައިލެވިފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

