އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ”ދިވެހީންގެރާއްޖެ“ ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، ރޯދަ މަހުގެ ކަރަންޓު ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށެވެ.

”ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް.،“ ރައީސް ވިދާޅުވިއެވެ.

ރޯދަމަހު ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މިދިޔަ އަހަރު ވެސް އެ މަނިކުފާނުވަނީ ރަމަޟާންމަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދެއްވައިފައެވެ.