އދ. މަންދޫ ފުޓްސަލް ދަނޑު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ދަނޑު ހުޅުވައިފައި ވަނީ، މަންދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އިތުރުން މަޖިލިސް ބައެއް މެންބަރުންނާއި ކެބިނެޓު މިނިސްޓަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި މަންދޫގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ މަންދޫ ފުޓްސަލް ދަނޑުގެ ބިންގަނޑު އެއްވަރުކުރުން، ކޮންކްރީޓު މަސައްކަތް، ބައުންޑްރީ ޖެހުން އަދި ކަރަންޓުގެ މަސައްކަތްތައް ކޮށްފައެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.47 މިލިއަން ރުފިޔާއަށެވެ.

