ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވައިލަން ނިންމައިފިއެވެ.

އެކަމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ.

އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.

ފުރަތަމަ ބުރުގައި 7500 ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ފްލެޓް ދޫކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ.

އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެވެ.

އަދި މީގެއިތުރުން ހާއްސަ އިސްކަންދޭ ކެޓަގަރީއިން ޔުނިޓު ދޫކުރުމަށް ވަނީ ހިމަނާފައެވެ.

ފްލެޓް ދޫކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ.

އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެވެ. އަދި މީގެއިތުރުން ޚާއްސަ އިސްކަންދޭ ކެޓަގަރީއިން ޔުނިޓް ދޫކުރުމަށް ވަނީ ހިމަނާފައެވެ.

1. މާލޭގެ ރަށްވެހިން – 4000 ހައުސިން ޔުނިޓް

• އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2500 ފްލެޓް

• މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ފްލެޓް

• ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 500 ފްލެޓް

2. މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް – 1500

3. ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޔުނިޓު ދޫކުރަން ހަމަޖެހިފައިވާ ގޮތް:

1. 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100
2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100
3. އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް – 250
4. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50
5. މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން – 200
6. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝިއަރީގެ މުވައްޒަފުން – 100
7. މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100
8. މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް – 50
9. ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފަ ނުވާ ފަރާތްތައް – 300
10. ޚާއްސަ އެސެސްމަންޓެއްގެ ދަށުން، ބޯހިޔާވަހިކަން ނެތް ފަގީރު އާއިލާތަކަށް ދޭ ބޯހިޔާވަހިކަން – 50
11. ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން – 100
12. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން – 100
13. ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން – 200

އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން – 300 ފްލެޓް

އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގައި ޖުމްލަ 26 އިދާރާ/މުއައްސަސާ ހިމެނެއެވެ.

1. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
2. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
3. އެޓަރނީ ޖެނެރަލްގެ އޮފީސް
4. ފޮރިން ސަރވިސް
5. ޖުޑިޝަލް ސަރވިސް ކޮމިޝަން
6. އިލެކްޝަންސް ކޮމިޝަން
7. ސިވިލް ސާރވިސް ކޮމިޝަން
8. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
9. އެންޓި ކޮރަޕްޝަން ކޮމިޝަން
10. އޮޑިޓަރ ޖެނަރަލް އޮފީސް
11. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
12. މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
13. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
15. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
16. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން
17. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
18. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
19. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
20. މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރ
21. ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް
22. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓަސް އޮފީސް
23. ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
24. ވަޒީފާއާބެހޭ ޓްރައިބިއުނަލް
25. ލޯކަލް ގަވަރމަންޓް އޮތޯރިޓީ
26. ޓެކްސް އެޕީލް ޓްރައިބިއުނަލް

ފްލެޓަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓް ދޭނެ އުސޫލުތަކުގެ ގަވާއިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ.