ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް މެޑެލް ހޯދި ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެ މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކޮށް ރަން މެޑެލް ހޯދާފައި ވަނީ، ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި ހުސައިން ޒަޔާނެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާ އިން ހޯދި ދެވަނަ ރަން މެޑެލެވެ.
ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާގުގެ ޕެއާ އިން ވަނީ ރިހި މެޑަލް ވެސް ހޯދިއެވެ.

