މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ 7 ވަނަ މުބާރާތްކަމުގައިވާ، ”މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022“ ފެށުމުގެ ރަސްމިއްޔާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

Ads by Asuru

މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސް ސޯލިހު ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ.

މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ.

މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.