ވެރިރަށް މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުން މިރޭ 21:15ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ، ‏3 މިނެޓަށެވެ.

ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓުތަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހަވާ އަރުވައިދެއެވެ.