ސްލަންކާއަށް އެހީވުމަށް ބާއްވާ“ ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފަށައިފިއެވެ.

މި ޓެލެތޯނަކީ ބާރުގަދަ ތޫފާން ”ދިތުވާ“އާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޓެލެތޯނެކެވެ.

37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.

މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމުއިއްޔާ، ޖަމާއަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.

މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.

އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

އަދި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއްވެސްވަނީ ހަދާފައެވެ.

އަދި މިނިވަން އޮޑިޓް ފަރމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް މި މަސައްކަތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، މިނިވަން އޮޑިޓް ފަރމެއް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ.

މިޓެލެތޯންގެ އޮޑިޓް ފަރމެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކްރޯ މޯލްޑިވްސްއެވެ.

ރުފިޔާ އެކައުންޓު ނަމްބަރު :7730000796107

 

ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން

 

ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106

 

ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން