ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ، ޝިބާ ރަޝީދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރ. ދުވާފަރު/ ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭނާ ފެނުނީ އަމިއްލައަށް ގެއަށް އައުމުންނެވެ.

އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ދިޔަތަނަކާއި އުޅުނު ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކުއްޖާ ގެއިން ނުކުމެގެންދިޔައީ މިމަހު 28 ވަނަ ދުވަހު ހަވީރު 5:55 އެހާކަންހާއިރުއެވެ.

އޭގެ ފަހުން، އެ ކުއްޖާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގީއެވެ.