އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޓެލެތޯނު ކުރިއަށް ގެންދިޔައީ، އިއްޔެ ހެނދުނު ނުވައަކުން މިއަދު މެންދުރުފަހު ދެއަކަށެވެ.

މި ހަރާކާތުގައި ވަނީ ޖުމްލަ 11.4 މިލިއަން ރުފިޔާއި 43،000 ޑޮލަރު ލިބިފައެވެ.

މި ޓެލެތޯނަށް ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ބައެއް މީޑިއަމް ތަކުންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުން ވަނީ ފައިސާގެ އެހީ ދީފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އެހީގެ ފޮށިތައް ވެސް ބެހެއްޓިއެވެ.

ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންދަނީ ކުރަމުން ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.