ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ،  އަހުމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފިއެވެ.

މަހުލޫފު ސަފީރު ކަމަށް އައްޔަނު ކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި މަހުލޫފު ޕީއެންސީއާ ގުޅިވަޑައިގަންނަވައިފައި ވަނީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ފޯރިގަދަ ”ދިވެހީންގެރާއްޖެ“ ޖަލްސާގައެވެ.

މަހުލޫފު އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ޕެއްޓެވީ، ޕީއެންސީ ފިކުރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (‏ޑީއާރްޕީ) އިންނެވެ.