ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލްމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ނިންމައިފިއެވެ.

އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިއަށްއޮތް އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާކަމަށެވެ.

ކުރިއަށްއޮތް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލް ތަކަށާއި، އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.

އިލެކްޝަނުން މީގެ ކުރިން އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން ބުނެފައިވަނީ މާޗު މަހުގެ 28 ވަނަ ދުވަހެވެ.