ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރު ނެރެފައިވަނީ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެގެން ހާޒިރުކުރެވިފައިނުވާތީ، އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށެވެ.

ފުލުހުން މިހާރު ހޯދަމުންދަނީ މާލެ / ގ.ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (57އ) އެވެ. އޭނާ ހޯދަންޖެހުނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން، ޙަސަން ރުޝްދުﷲ ބަންދުގައި ބަހައްޓައިގެން 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ 09:00 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަންގާފައެވެ.

ޙަސަން ރުޝްދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.