ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، މިހާރު ރައްޔިތުންގެ ބޮލަށް ސަވާރެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެެއެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މޮރިޝަސްއަށް، ދިވެހިރާއްޖޭގެ މިލްކިއްޔާތުގެ ބައެއް ވިއްކާ ނުލެވޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ޒަމާން ނޫން ކަމުގައެވެ.
”ޔޫއެން އެއީވެސް، ދުނިޔޭގެ އެންމެ ދޮގު އުފައްދާ، ދޮގު މެޝިނެއް.“ މުސްތަފާ ވިދާޅުވިއެވެ.
Dhogu haasaru thakeh vihkaagen @ibusolih ah Rahyithun ge bolah mihaaraku savaareh nuveveyne.meekee RMaumoon ge dhuvas vareh ves noon.
Mauritius ah Raajeyge mikihyaathu ge baeh vihka eh nuleveyne
UN eie ves dhuniye ge enmen dhogu ufahdhaa dhogu machine eh.— Mohamed Musthafa (@Thimarafushi) October 23, 2022
މުސްތަފާ މިފަދައިން ވިދާޅުވިއިރު، އްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު މިފަދައިން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައި ވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވީ، މިދިޔަ އޯގަސްޓްމަހުގައެވެ.
ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން، ސަރުކާރުން މިހާރު ބުނަމުން ދަނީ ރާއްޖެއަށް ލިބެން އޮތް އެއްވެސް ސަރަހައްދެއް ދޫކޮށް ނުލާ ކަމުގައެވެ.
މުސްތަފާއަށްއެގޭނީލަޑާގެކަންކަންމިސަރުކާރާބެހޭގޮތުންމިއަގައަރުވަނީ މީނައަށްމިހާރުއެއްވެސްއެއްޗެނުލިބިގެންމިއުޅެނީ