ބޭނުންވާތަކެތި

4 މޭޒުމަތީ ސަމުސާ ބަޓަރު

4 މޭޒުމަތީ ސަމުސާ ކެސްޓަރ ޝުގަރ

2 ބިސް

ބައި ޖޯޑު ހިކިކިރު

2 މޭޒުމަތީ ސަމުސާ އޮރެންޖް ޖޫސް

2 މޭޒުމަތީ ސަމުސާ އޮރެންޖް ޒެސްޓް

1 ޖޯޑު ސެލްފްރައިޒިންގ ފްލަރ

2 މޭޒުމަތީ ސަމުސާ އޮރެންޖް ސޯސް

އޮރެންޖް ސޯސްއަށް ބޭނުންވާ ބާވަތްތައް

4 މޭޒުމަތީ ސަމުސާ ކެސްޓަރ ޝުގަރ ނުވަތަ މުގުރި ހަކުރު

2 މޭޒުމަތީ ސަމުސާ ކޯންފްލަރް

ބައި ޖޯޑު އޮރެންޖް ޖޫސް

ބައި ޖޯޑު ފެން

4 މޭޒުމަތީ ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ އޮރެންޖް ޒެސްޓް

4 މޭޒުމަތީ ސަމުސާ ލުނބޯޖޫސް

ހަދާނެގޮތް

އެންމެ ފުރަތަމަ ވެސް، ބަޓަރާއި ހަކުރު އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ.

އެއަށްފަހު، ބިސްވަކިން ގިރާލާފައި އެއްކޮށްލުމަށްފަހު ފުށް މަޑުމަޑުން އަޅަމުން އެއްކޮށްލާށެވެ.

އަދި ހިކި ކިރާއި އޮރެންޖް ޖޫހާއި ޒެސްޓް އަދި ސޯސް އެއްކޮށް ގިރާފާ މިކްސް ކޮށްލާށެވެ.

އެއަށްފަހު ކޭކްފިހާ ޓްރޭގައި ބަޓަރުކޮޅެއް ހަކާލުމަށްފަހު ގިރާފައިހުރި ފުށް ޓުރޭއަށް އަޅާފައި މައިކުރޯވޭވް އަވަންގައި ފިހެލާށެވެ.

ސޯސްއަށް ބޭނުންވާ ބާވަތްތަކުގެ ތެރެއިން ހަކުރާއި ފެން އަދި ފުށްކޮޅު އެއްކޮށް މަޑުގިނީގައި އޮލަވަންދެން ކައްކާފައި ބާކީތަކެތި އެއްކުރާށެވެ.

އަދި އުނދުންމަތިން ބާލާފައި ޕުޑިން މައްޗަށް އަޅާލާށެވެ.

 

ނޯޓު: ޖުވޭރިޔާ ވަޖުދީގެ ތަފާތު ކާނާ 6